12 Aug 2012, 15:06
އެސްޓީއޯ އިން ސްޕޮންސާކޮށް ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ ރަމަޝާން ކުރިކެޓް ކާނިވަލް އޯޕަން ޓޭޕް ބޯލް މުބާރާތުގެ ޗެޕްޕިއަންކަން ޕެލަސް ސިޗްއާން ހޯދައިފި އެވެ.
މިމެޗް ޕެލަސް ސިޗްއާން ކާމިޔާބު ކުރީ އައިވޭއާއި ބައްދަލުކޮށް 12 ލަނޑުންނެވެ.
ޓޮސް ލިބުމުން އިއްޔެގެ މެޗުގައި ޕެލަސް ސިޗްއާން ކުޅެންއަރައި އެންމެ ކުޅުންތެރެއެއް ނުބައިވެގެން އަށް އޯވަރުގެ ތެރޭގައި 130 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 31 ލަނޑު ހެދި އަހްމަދު އާމިރުއާއި 34 ލަނޑުހެދި މުހައްމަދު އަފްލާހް އެވެ.
ޖަވާބުގައި ހައިވޭ ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި 118 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނި 31 ލަނޑު ހެދި އަހްމަދު އުމަރާއި 31 ހުސާމް އިބްރާހިމެވެ.
މީގެއިތުރުން ކުރިކެޓް ބޯޑުން ބުނީ، ދެން އޮތް މުބާރާތަކީ އޮފީސްތަކުގެ މެދުގައި ބާއްވާ ކުރިކެޓް މުބާރާތް ކަމަށާއި އެގޮތުން މިމުބާރާތުގައި ސިފައިނާއި ޕޮލިސް ވެސް ބައްދަލުކުރާ ކަމަށެވެ. އަދި މިމުބާރާތުގެ ކުޅުން މިއަދު ފަށާ އިރު މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ސީއާސީ އާއި ޕޮލިހިސް ކުލަބެވެ. އަދި ދެ ވަނަ މެޗުގައި މިއަދު ބައްދަލުކުރާ ދެ ޓީމަކީ އިމްގިރޭޝަން އާއި ސިފައިނެވެ.
ކުޅުންފެށުމަށް ހަމަޖެހފައި ވަނީ ހަވީރު 4:00 ޖަހާއިރު އެވެ.