ކުލަބު މޯލްޑިވްސް 2025 އަންހެން ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ އެއިޓީން ތާޓީ ކްލަސިކް މުބާރާތުގެ ފައިނަލަށް ޓީމު އެމްއޭސީއެލް އާއި ޕްރިޒަން ކުލަބު ދަތުރުކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި ހެލްތު ރެކްރިއޭޝަން ކުލަބު އަތުން ޕްރިޒަން މޮޅުވީ ތަފާތު ބޮޑުކޮށް 8-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޕްރިޒަންގެ ލަނޑުތައް ޖެހީ ދެ ލަނޑު ޖެހި ހާޖަރާ އަޙްމަދާއި، އައިޝަތު ހާޝިމާ އާއި، އައިމިނަތު ފަޒްލާ އާއި، އައިޝަތު ޝަރުމާ އާއި، އިނާން އަޙްމަދާއި، އައިޝަތު ލަމްސް އަދި އައިޝަތު ވިޝާމާއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕްރިޒަންގެ ޝަރުމާ އެވެ.

މީގެ އިތުރުން ސެމީ ފައިނަލް ދެވަނަ މެޗުގައި ރޭ ސްޓެލްކޯ ރެކްރިއޭޝަން ކުލަބު އަތުން އެމްއޭސީއެލް ވަނީ 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި މެޗުގައި ސްޓެލްކޯ ކޮޅަށް އެމްއޭސީއެލްގެ ހަތަރު ލަނޑު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ފިރުޝާނާ ނަސީރެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެރެއެވެ.