ކުޑަކުއްޖަކާ މެދު ބަދުއަޚްލާގީ ޢަމަލު ހިންގި މީހެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދަޢުވާ ކުރަން ޕީޖީ އަށް ފޮނުވީ ޅ. ހިންނަވަރު ސެލް، އަނަސް ހުސެއިން 18،ގެ މައްޗަށެވެ.

ފުލުހުން ބުނީ އޭނާގެ ތަހުގީގު ނިންމައި ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 29 ދުވަހު ކަމަށެވެ.

އަނަސް ހުސެއިންގެ މައްޗަށް ދައުވާ ކުރަނީ 2011 ނޮވެމްބަރު 23 ވަނަ ދުވަހު ކުޑަކުއްޖަކާ މެދު ބަދުއަޚްލާގީ އަމަލު ހިންގި މައްސަލައަކާ ގުޅިގެންނެވެ