މާލޭ އުތުރު ފަރާތު މަސް މާރުކޭޓާ ދިމާލު ފަޅުތެރޭގައި އަޅާފައިއޮތް ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.

އެމްއެމްޑީއެފް އިން ބުނީ އިއްޔެ މެންދުރު އަޑިޔަށް ދިޔައީ "އައިޝާ" ނަމަކަށް ކިޔާ 35 ފޫޓުގެ ދޯންޏެއް ކަމަށެވެ. ނަމަވެސް އެ ދޯނި އަޑިޔަށް ދާން މެދުވެރިވި ސަބަބެއް އަދި އެ ދޯންޏަކީ ކޮން ރަށެއްގެ ކާކުގެ ދޯންޏެއް ކަމެއް އެމްއެންޑީއެފްއަކުން ނުބުނެ އެވެ.

މަސްވެރިކަމަށް ބޭނުން ކުރަމުން އައި ދޯނި އަޑިޔަށް ދިޔަ ކަމުގެ މައުލޫމާތު އިއްޔެ މެންދުރު އެމްއެންޑީއެފައަށް ލިބުމުން ޑައިވިންގް ޓީމެއް ފޮނުވައިގެން ދިޔަހިއްކާ ޕަންޕްތަކާ އެކު އެ ސަރަހައްދަށް ގޮސް ދޯނީގެ ވެރިފަރާތުންނާއި އެމްއެންޑީއެފުން ކުރި މަސައްކަތުން އެ ދޯނި ފުންކުރެވިފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

"މިދޯނި ފެންމަތިކޮށްފައި ވަނީ ވެރިފަރާތުން ހޯދައި ދިން ފީފާތައް ދޯނީގައި އެއްސުމަށް ފަހު ޕަންޕް ބޭނުންކޮށްގެން ދިޔަގަނޑު ހިއްކައިގެން." އެމްއެންޑީއެފްއިން ބުންޏެވެ.