12 Aug 2012, 10:53
މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ ގިނަ އަދަދެއްގެ ޕެކެޓްތަކަކާ އެކު މަގުމަތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 23 ޕެކެޓާ އެކު އުމުރުން 35 އަހަރުގެ މީހަކު މިއަދު ހެނދުނު ހައްޔަރުކުރީ ޔޫއެން ބިލްޑިންގް ކައިރިން ބުރުުޒުމަގުން ކަމަށެވެ.
ފުލުހުން ބުނީ އޭނާގެ އަތުން މަސްތުވާތަކެތި ފެނިގެން ހައްޔަރު ކުރީ ބުރުޒު މަގުން ދަމުން މަގުމައްޗަށް އެއްޗެއް ވައްޓާލިތަން އެވަގުތު ޔޫއެން ބިލްޑިންގް ކައިރީގައި ތިބި ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް ފެނިގެން އެމީހާ ހުއްޓުވައި ވައްޓާލި އެތި އޭނާގެ ހާޒިރުގައި ނަގައި ބަލައި ފާސްކުރި އިރު އެއީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވިގެން ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މީހަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.