ނަލަހިޔާ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ނިއުރޭޑިއަންޓާ އަތުން 4-0 ލަނޑުން މާޒިޔާ މޮޅުވެއްޖެ އެވެ.

ޓާފްއެއް ނަންބަރު ދަނޑުގައި ކުޅުނު މިމެޗްގައި ނިއުކޮޅަށް މާޒިޔާ އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގައި އެތީމަށް ކާމިޔާބު ކޮށްދިނީ އިސްމާއިލް މަހުފޫޒް (އިންމަ) އެވެ. އޭނަ ވަނީ މިމެޗުގައި މާޒިޔާގެ ތިން ވަނަ ގޯލް ވެސްކާމިޔާބު ކޮސްދިފަ އެވެ. އަދި މިމެޗްގައި ނިކޮޅަށް މާޒިޔާ އިން ޖެހި ދެ ވަނަ ގޯލް މެޗުގެ 44 ވަނަ މިނެޓުގައި އަބްދުﷲ ހަލީމް ކާމިޔާބު ކޮށްދިން އިރު، ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ސާފީ އެވެ.

އިއްޔެގެ މެޗަށް ނިކުތުމުގެ ކުރިން ވެސް ހަތުރު ޕޮއިންޓާ އެކު އޮތް ނިއުރޭޑިއަޓު ވަނީ މުބާރާތުން ކަޓައިފަ އެވެ. ނިއުގެ އިތުރުން ދެން މިމުބާރާތުން ކަޓާފައިވަނީ އީގަލްސް އާއި އޭވައިއެލް އެވެ.

މިމުބާރާތުގެ ސެމީ ފައިނަލް މެޗްތައް ފަށާނީ ގްރޫޕް ސްޓޭޖްގައި ފަހު މެޗުގައި މާދަމާ ހަވީރު އީގަލްސްއާއި މިމުބާރާތުގެ ސެމީން މިހާރުވެސް ޖާގަ ހޯދައިފައިވާ ވިކްޓަރީއާ ދެކޮޅަށް ކުލޭ މެޗަށް ފަހު އެވެ.

ވިކްޓަރީ އާއި މާޒިޔާގެ އިތުރުން، ސެމީއަށް ދެ ން ދަތުރު ކޮށްފައިވާ އަނެއް ދެޓީމަކީ ޗެމްޕިއަން ވެލެންސިއާ އާއި ދިވެހި ސިފައިންގެ ކްލަބެވެ.