ވިއްސާރަވެ ޓާފް ދަނޑުގައި ފެންބޮޑުވެ، ވިނަތައް ކަހާލުމުން ނަލަހިޔާ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި އީގަލްސްއާ ދެކޮޅަށް ވިކްޓަރީ ކުޅުމަށް ހަމަޖެހިފައިވާ މެޗް މާދަމާ އަށް ފަސްކޮށްފި އެވެ.

އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު މެޗު ކުޅެވޭ ހާލަތުގައި ދަނޑު ނެތް ކަމަށެވެ.

މިއަދު މާލެއަށް ކުރަމުން އަންނަ ވިއްސާރާގައި، މާލެ ބޮޑު ބައެއްގައި ވަނީ ފެންބޮޑުވެފައެވެ. އެގޮތުން މާލޭގެ ގިނަ މަގުތަކުގައި ފެންބޮޑުވެ ދުއްވާ އެއްޗެހި ދުއްވުމަށް ވެސް ވަނީ ދަތިތަކާއި ކުރިމަތިވެފަ އެވެ.