29 Aug 2010, 08:39
13:40
ދައުލަތުގެ މިޑިޔާއާގެ މުދަލާއި ފައިސާ އާއި މުވައްޒަފުން ހޯދަން ދައުލަތުގެ މައްޗަށް މިއަދު ހެނދުނު ދައުވާކޮށްފި އެވެ. މި ދައުވާކޮށްފައި ވަނީ މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިންނެވެ.
މަދަނީ ކޯޓުން މިއަދު ބުނީ އެމްބީސީގެ ފަރާތުން އެ މައްސަލަ ހެނދުނު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މިއަދު މައްސަލަ ކޯޓަށް ވެއްދި ނަމަވެސް އެ މައްސަލަ ކޯޓަށް ބަލައިގަންނަކަން ކަށަވަރުވާނީ މާދާމާ އެވެ.
އެމްބީސީގެ ބޮޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު މިއަދު ވިދާޅުވީ ހެނދުނު ކޯޓަށް ވެއްދި މައްސަލާގައި އެމްބިސީގެ ފަރާތުން ހުރިހާ ދައުރެއް އަދާކުރާނީ ރާއްޖެ ޗެމްބަރުން ކަމަށެވެ.
މަދނީ ކޯޓަށް އެމްބީސީން ވެއްދި ދައުވާގައި ބުނަނީ އެ ދައުވާކޮށްފައި ވަނީ އެމްބީސީ ގާއިމު ކުރުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްގެ މުދަލާއި ފައިސާ ގާނޫނުގައިވާ ގޮތަށް ހޯދަން ސަރުކާރުގައި އެދުނު އެދުމަށް އިޖާބަދީފައި ނުވާތީ ދައުލަތުގެ މިޑިޔާއާ މުދަލާއި ފައިސާ އާއި މުވައްޒަފުން ހޯދަން ކަމަށެވެ.
އެމްބީސީ އުފެދި ބޯޑް އައްޔަން ވުމާ ހަމައިން ސަރުކާރުން ބުނެފައި ވަނީ ދައުލަތުގެ މީޑިޔާ ދޫނު ނުކުރާނެ ކަމަށެވެ.