08 Mar 2010, 12:46
14:30
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާ އެކުލެވިގެންވާ، ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވައިފި އެވެ.
މި ކުންފުންޏަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި އިޖްތިމާޢީ ދުޅަހެޔޮ ކަމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން، ސަރުކާރުގެ މަސައްކަތްތަކުގެ ތެރެއިން އެއްބާވަތުގެ މަސައްކަތް އެއްތަނަކުން ކުރާ ގޮތަށް ހަމަޖެއްސެވުމުގެ ސިޔާސަތުގެ ދަށުން، އިޝްތިހާރާއި މާކެޓިންގގެ އެންމެހާ ޙަރަކާތްތައް އެއްތަނަކުން ބެލެހެއްޓެވުމަށްޓަކައި އުފެއްދެވި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.