11 Aug 2012, 14:33
ދިރާގް ދިވެހި ލީގުގެ ދެ ވަނަ ބުރުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ވިބީ އައްޑޫ އެފްސީ އަތުން 5-1 ލަނޑުން މާޒިޔާ މޮޅުވެއްޖެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މިމެޗުގައި ވީބީ ކޮޅަށް މާޒިޔާގެ ގޯލްތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ދެ ގޯލް ކާމިޔާބު ކޮށްދިން ފޯވާޑް އައްސަދުއްﷲ އަބްދުﷲ އާއި އަނެއް ދެގޯލް ކާމިޔާބު ކޮށްދިން އަހުމަދު ރަޝީދު(އައްމަޑޭ) އަދި އިސްމާއީލް އީސާ (މެސީ) އެވެ.
މެޗުން ބަލިވި ވީބީން، މާޒިޔާ ކޮޅަށް ޖެހި އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ނާޝިދު (ނާއްޓޭ) އެވެ.
ރޭގެ މެޗުން މޮޅުވެ، ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާވަނީ ލީގުގެ ދެ ވަނާގައި މިވަގުތު އޮތް ނިއުރޭޑިއަންޓާ ދެމެދު އޮތް ފަރަގުވެސް ކުޑަކޮށް، 26 ޕޮއިންޓާއެކު ލީގުގެ ދެ ވަނައިގައެވެ. އަދި މެޗުން ބަލިވީ ވީބީ އޮތީ 21 ޕޮއިންޓާއެކު ލީގުގެ ހަތަރު ވަނައިގައެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ 33 ޕޮއިންޓާއެކު ލީގުގެ އެއްވަނަ މަގާމް މިވަގުތު ކަށަވަރު ކޮށް ހިތްހަމަޖެހިގެން އޮތް ނިއުރޭޑިއަންޓާއި 15 ޕޮއިންޓާއެކު ލީގުގެ ފަސް ވަނާގައި އޮތް އީގަލްސް އެވެ.