ރޭ ފަތިހުން ފެށިގެން މާލެ އަށް ކުރަމުންދާ ވިއްސާރައާ އެކު މާލެ ބޮޑު ބައެއްގައި ފެންބޮޑުވެއްޖެ އެވެ. މާލޭގެ ގިނަ މަގުތަކުގައި ފެންބޮޑުވެ ދުއްވާ އެއްޗެހި ދުއްވުމަށް ވެސް ވަނީ ދަތިތަކާއި ކުރިމަތިވެފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން މާލެ އެކި ހިސާބުތަކުގެ ބައެއްގެ ގެތަކަށް ވަނީ ފެންވަދެފަ އެވެ. އަދި އެމްއެންޑީއެފުގެ ފަރާތުން ފެން ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މޯލްޑިވްސް މީޓީއޮރޮޖިކަލް ސާވިސް އިން ބުނި ގޮތުގައި ކުރިއަށް އޮތް ހަ ގަޑި އިރުތެރޭގައި ވެސް މާލެ އަތޮޅުން ފެށިގެން ވ. އަތޮޅަށް ބޯކޮން ވާރޭވެހޭނެ އެވެ. ނަމަވެސް ލ. އަތޮޅު ސަރަހައްދުގެ މޫސުން ވަރަށް ސާފު ކަމަށް މެެޓް އޮފީހުން ބުންޏެވެ.