ދެ ވަނަ ފަހަރަށް އިންތިހާބު ނުބޭއްވި ފަސްކުރަން ޖެހުމުން އެފްއޭއެމުގެ ރައީސް އަލީ އާޒިމް ބަލިވެއްޖެ ކަމަށް އޭނާއާ ވާދަކުރައްވާ ކެނޑިޑޭޓް އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެފްއޭއެމް ހައުސްގެ ބޭރުގައި އޭނާގެ ސަޕޯޓަރުންނާއެކު ހުންނަވައި ގެމަނަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އިލްހާމް ވިދާޅުވީ "މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިގެން އަލީ އާޒިމަށް އަޅުގަނޑު ބަލިކޮށްނުލެވޭނެ،" ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ދެ ވަނަ ފަހަރަށް ވެސް އިންތިހާބު ފަސްކުރީ އާޒިމް ބަލިވާނެކަން ޔަގީންވާތީ ކަމަށާއި މި އިންތިހާބުގައި އޭނާއާ ވާދަކުރައްވަން އާޒިމަ ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

އިލްހާމް އިތުރަށް ވިދާޅުވީ އިންތިހާބު ނުބޭއްވި ދެ ވަނަ ފަހަރަށް ދިއުމުން އެފްއޭއެމުގެ ހިންގުންތެރިކަމާމެދު ސުވާލު އުފެދޭ ކަމަށާއި ގާބިލްކަން ނެތެކަން އެނގޭ ކަމަށެވެ.