ނަމާދުކުރާނެ ގޮތް ދައްކުވައިދޭ ސީޑީއެއް ޖަމިއްޔަތުލް ސަލަފުގެ ފަރާތުން ނެރެފި އެވެ.


ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި މި ސީޑީ ނެރުމަށް ފަހު ފަންސާސް ރުފިޔާ އަށް ސީޑީއެއްގެ މަގުން ވަނީ ވިއްކަން ފަށައިފަ އެވެ.


އެ ސީޑީގައި ކީރީތި ގުރުއާނާއި ރާސޫލާގެ ސުންނަތާ އެއްގޮތަށް ނަމާދުކުރާނެ އަމަލީ ގޮތް ވީޑިއޯ އިން ދައްކުވައިދީފައިވާ ކަމަށް ޖަމިއްޔަތުލް ސަލަފުން ބުންޏެވެ. އަދި މި އީ އެތައް ބައެއްގެ މަސައްކަތުން ހަގީގަތަކަށްވެފައިވާ ކަމެއް ކަމަށާއި، މިކަމުގައި ހަތަރު އަހަރު ހޭދަވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.