10 Aug 2012, 16:51
މާލެއިން ކ. ގާފަރަށް މަސްތުވާތުވާތަކެތި ހިފައިގެން ދިޔަ މީހަކު ފުލުހުން އަތުލައިގެންފި އެވެ.
ފުލުުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ގާފަރަށް މަސްތުވާތަކެތި އެތެރެކުރަނިކޮން މީހަކު އަތުލައިގަތީ އިއްޔެ އެރަށް ދިޔަ ފެރީން މަސްތުވާތަކެތި ހިފައިގެން މީހަކު ދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުންގެ ހިންގި އޮޕަރެޝަނެއްގަ އެވެ.
ސަން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި އެ ރަށު، 21 އަހަރުގެ ޒުވާނެކެވެ.
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އޭނާ ގާފަރަށް ފޭބުމުގެ ކުރިން އޭނާ ޗެކުކޮށް ބެލި އިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ސެލޯފިން ކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުުރެވޭ އެއްޗެހި އަޅާފައި ހުރި ފަސް ރަބަރު ކޮތަޅު ފެނިފައިވާ ކަމަށެވެ.
އޭނާ އެ ވަގުތު ކާށިދޫ ޕޮލިސް ސްޓޭޝަނަށް ވަނީ ގެންގޮސްފަ އެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާ ކަމަށެވެ.