10 Aug 2012, 10:39
ހާސް ވާ ފަދަ ކަންކަން މެދުވެރި ވެފައި ވާ ފިރިހެނުން ބޮޑަށް ހިތް ކިޔަނީ ހަށިގަނޑުން ބޮޑު ބިޔަ އަންހެނުންނަށް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އިނގިރޭސި ދިރާސާވެރީން ބުނާ ގޮތުގައި އަދާކުރާ ވަޒީފާގެ ސަބަބުން ނުވަތަ ކުރާ މަސައްކަތުގެ ސަބަބުން ހާސްކަމާއި ފިކުރު ބޮޑުވުމުގެ މައްސަލަ ކުރިމަތި ވާ ނަމަ، ހިތް ކިޔާ އަންހެނުންގެ ސައިޒު ތަފާތު ވެއެވެ. އެމީހުން ބުނަނީ ރަނގަޅު ބައިވެރިއަކު ހޮވުމުގައި ގެންގުޅެވޭ ފިކުރީ މިންގަނޑު، ހާސްކަމުގެ ސަބަބުން ބަދަލު ވާ ކަމަށެވެ. ލަންޑަނާއި ނިއުކާސަލްގެ ދިރާސާވެރީންގެ މި ދިރާސާ މިހާރު ވަނީ ދިރާސާ ޖާނަލެއްގައި ޝާއިއު ކޮށްފައެވެ.
"ހަގީގަތުގައި މި ވާ ގޮތަކީ ހާސްކަމުގައި އުޅޭ މީހާއަށް އެހީތެރިކަން ބޭނުން އެބަ ވޭ. އެމީހާއަށް ވެސް އެކަން އެބަ ގަބޫލު ކުރެވޭ. އެހެންވީމާ އެމީހާ މި ބޭނުން ވަނީ އެމީހާއަށް އެހީތެރިކަމެއް ދެވޭ ފަދަ ބައިވެރިއަކު ހޯދާން. ރާވައިގެން މި ގޮތަށް ނުނިންމިޔަސް އޭނާގެ ޒަމީރު އެބަ ބާރު އަޅާ އެ ކަމަށް." މި ދިރާސާގައި ބައިވެރި ވި ޑޮކްޓަރެއް ކަމަށް ވާ ޑރ. މާޓިން ވިދާޅުވިއެވެ.
ޑރ. މާޓިން އިތުރަށް ވިދާޅު ވާ ގޮތުގައި ހާސްކަމެއް ނެތި، މުއްސަނދިކަމާއި ނުފޫޒީ ބާރުތައް ލިބިގެން ވާ މީހުން ބޭނުން ވަނީ ލޫޅާފަތިކޮށް ތިބޭ ބައިވެރީންނެވެ.