28 Aug 2025, 13:08
އެންމެ ފަހުގެ ރީތިވާ ސާމާނު ލިބެން ހުންނައިންސެންޑިއާ.އެމްވީއާ ގުޅިގެން، އެފަދަ ތަކެއްޗަށް ޚާއްސަ ޑިސްކައުންޓް ޕްރޮމޯޝަނެއް އުރީދޫން ފަށައިފިއެވެ.
އުރީދޫއިން ބުނީ އެ ޕްރޮމޯޝަނަކީ އިންސެންޑިއާއިން ވިއްކާ ސެންޓާއި، އިސްތަށިގަނޑާއި ހަންގަނޑަށް ޚާއްސަކޮށްފައިވާ ޕްރޮޑަކްޓްތައް އަގުހެޔޮކޮށް ގަތުމުގެ ފުރުސަތު އުރީދޫގެ ކަސްޓަމަރުންނަށް ދިނުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
އެ ޕްރޮމޯޝަންގެ ދަށުން، އިންސެންޑިއާ.އެމްވީ އިން ގަންނަ ހުރިހާ ބިއުޓީ ޕްރޮޑަކްޓްތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ.

އުރީދޫގެ އެމް-ފައިސާއިން އިންސެންޑިއާ އިން ބިއުޓީ ޕްރޮޑަކްޓްސް ގަތުމުން 10% ޑިސްކައުންޓް--ފޮޓޯ/ އުރީދޫ
އެ ޑިސްކައުންޓް ލިބޭނީ އުރީދޫގެ މޯބައިލް ޕޭމަންޓް ޚިދުމަތް ކަމަށްވާ އެމް-ފައިސާ ބޭނުންކޮށްގެން ފައިސާ ދައްކައިގެންނެވެ.
އެމް-ފައިސާ އެޕް ޑައުންލޯޑްކޮށްގެން އެ ޚިދުމަތުގައި ރަޖިސްޓްރީ ވެވޭނެއެވެ. އުރީދޫވެބްސައިޓަށްޒިޔާރަތްކޮށް، އެޕް ޑައުންލޯޑް ކުރެވޭނެއެވެ.
އުރީދޫންވަނީ، ރީތިވާން ބޭނުންވާ މުހިންމު ޕްރޮޑަކްޓުތައް، މި ޕްރޮމޯޝަންގެ ދަށުން އަގުހެޔޮށް ލިބޭނެކަން ފާހަގަކޮށްފައެވެ.