ކ. ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ "ލިއޯ" ނަމަކަށް ކިޔާ ދޯންޏެއް، ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހާލައިގެން މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނިން ދަތުރުކުރި ހަ މީހުންގެ ތެރެއިން އެކަކު އަދި ނުފެންނަ ކަމަށެވެ.

އިތުރު ތަފްސީލު ނުދިން ނަމަވެސް އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ފޯރުކޮށްދޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.