ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން މީގެ ކުރިން ދޫކޮށްފައި އޮތް ސަރަހައްދުން މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ބުނީ، ވޯޓާ ތީމް ޕާކެއް ހަދަން ދޫކުރި ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ މީހާއާއި އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ފުލުހުން ނުދެއެވެ.

ވޯޓާ ތީމް ޕާކް ހެދުމުގެ މަސައްކަތް މެލޭޝިއާގެ ކުންފުންޏަކާ 2017 ވަނަ އަހަރު ހަވާލުކުރި ނަމަވެސް، އެ މަސައްކަތް ނުނިމި، މިހާރު އެ ސަރަހައްދު އޮންނަނީ ބޭނުންނުކޮށެވެ.