20:56


ގެލެކްސީ އެންޓަރޕްރައިސަސް ފަޅާލައިގެން އެތަނުން  ފަސް ލައްކަ އަށްވުރެ ރުފިޔާ އާއި ގިނަ އަދަދެއްގެ ޑޮލަރު ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ "ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ތިޖޫރިއެއް ހިފައިގެން ބަޔަކު ގޮސް ތަނެއްގެ ތެރޭގައި ތިބެ ތިޖޫރި ހަލާކުކޮށްލާފައި ވަނިކޮށް" ކަމަށެވެ.


ނަމަވެސް ތިޖޫރީ ހޯދީ ކޮން ތަނަކުން ކަމާއި ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.


ބޮޑުތަކުރުފާނު މަގުގައި ހުންނަ ގެލެކްސީ އެންޓާ ޕްރައިސަސް ފަޅާލިކަން ފުލުހުންނަށް މިއަދު ރިޕޯޓްކޮށްފައި ވަނީ، ފުލުހުން ބުނި ގޮތުގައި، "ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާއާ އެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި" ވަނިކޮށް ކަމަށެވެ.


ފުލުހުން ބުނީ ތިޖޫރީ ހޯދި ތަނުން ފަސް ލައްކަ ރުފިޔާގެ އިތުރަށް ގިނަ އަދަދެއްގެ ޑޮލަރާއި ޗެކުތަކެއް ވެސް ފެނިފައިވާ ކަމަށެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް ބުނި ގޮތުގައި ގެލެކްސީގެ ތިޖޫރީގައި ހުންނާނެ ކަމަށް ބުނާ ފައިސާގެ އަދަދާއި އަދި ފެނުނު ޗެކުތައް ދިމާވެ އެވެ.


މިމައްސަލަ ޕޮލިސްގެ ޕްރޮޕަޓީ އެންޑް ކޮމާޝަލް ކްރައިމް ޑިޕާޓްމަންޓުން މިހާރު ތަހުގީގު ކުރަމުން ދާކަމަށް ވެސް ފުލުހުން ބުންޏެވެ.


 20:22


ގެލެކްސީ އެންޓަރޕްރައިސަސް ފަޅާލައިގެން އެތަނުން  ފަސް ލައްކަ އަށްވުރެ ރުފިޔާ އާއި ގިނަ އަދަދެއްގެ ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބެނެފި އެވެ.


20:00


ގެލެކްސީ ފަޅާލައިގެން ފަސް ލައްކަ ރުފިޔާ ހުރި ތިޖޫރީއެއް ވަގަށް ނަގައިފި އެވެ. ތަފުސީލު އަންނަނީ..