21 Aug 2025, 15:15
ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ ޚިދުމަތްތަކުގެ އަގު ވަޒަންކުރާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ މި އަހަރުގެ ޕާޓްނަރުން އިއުލާންކޮށްފިއެވެ.
މި އަހަރު ސަޓާ ބާއްވަން ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލޮމްބޯގައި އަންނަ ސެޕްޓެމްބަރު މަހު ކަމަށްވާއިރު، އެ އެވޯޑްގެ އެކި ޕާޓްނަރުން، ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިއުލާންކޮށްފައެވެ.

ސަޓާގެ ޕާޓްނަރުން އިއުލާންކުރުން -- ފޮޓޯ/ ސަޓާ
ޕްލެޓިނަމް ޕާޓްނަރު: ހޮންޑާ މެރިން
ގޯލްޑް ޕާޓްނަރުން:
ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް
- ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް
- އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް
ސިލްވަ ޕާޓްނަރު: ރެނާޓަސް ރިއަލްޓީ
ހޮސްޕިޓަލިޓީ ޕާޓްނަރު: ރާއްޖެއިން ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)
ސަޓާއިން އިއުލާންކޮށްފައިވާ ގޮތުގައި އެ އެވޯޑް ހަފުލާ އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހުން 20 ވަނަ ދުވަހާ ހަމައަށް ކޮލޮމްބޯގެ ސިނަމަން ގްރޭންޑްގައެވެ.
ސަޓާ އިން ބުނީ، އެ ހަފުލާއަށް މި ސަރަހައްދުގެ ހޮސްޕިޓަލިޓީ ދާއިރާއިން އެހީތެރިކަން ލިބޭއިރު، ސްރީލަންކާ ޓޫރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް، އަދި މަޓާޓޯ ފަދަ ފަތުރުވެރިކަމުގެ އިސް ޖަމްއިއްޔާތަކާއި އިދާރާތަކުންވެސް އެހީތެރިކަން ލިބޭ ކަމަށެވެ.

ސަޓާގެ ޕާޓްނަރުން އިއުލާންކުރުން --ފޮޓޯ/ ސަޓާ
ސަޓާއަށް މި އަހަރުގެ އިވެލުއޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ސަރަހައްދުގެ ނުވަ ޖަޖުންގެ ޕެނަލަކުންނެވެ.
އެ ޕެނަލްގައި ރާއްޖޭގެ ފަރާތުން ވިޒިޓް މޯލްޑިވްސްގެ ކުރީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބް މުހައްމަދާއި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ރަޢިސް މަރިޔަމް ނޫރައްދީނާއި ވިޒިޓް މޯލްޑިވްސްގެ ކުރީގެ ޑިރެކްޓަރު އިބްރާހިމް އާސިމް ބައިވެރިވެވަޑައިގަތެވެ.