21 Aug 2025, 10:29
އިސްރާއީލުން ގަވާއިދާ ހިލާފަށް ހިފާފައިވާ ހުޅަނގު އައްސޭރީގައި ރާވަފައިވާ ސެޓްލްމަންޓް މަޝްރޫއުގެ ދަށުން 3،400 ގެ އަޅަން ނިންމައި، ވަޒަންވެރިވާނެ ގޮތުގެ ޕްލޭން ދިފާއީ ވުޒާރާގެ ކޮމިޓީއަކުން އިއްޔެ ފާސްކޮށްފިއެވެ.
ޕްލޭން ފާސްކޮށްފައިވަނީ އޭގެ ސަބަބުން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ހުރަސް އެޅިދާނެ ކަމަށް ބުނެ، އެ ޕްލޭނަށް ބައިނަލްއަގުވާމީ މުޖުތަމައުން ފާޑުކިޔަމުން ދަނިކޮށެވެ.
ގުދުސްގެ އިރުން އޮންނަ 'އީ1'ގެ ނަމުން ނަން ދީފައިވާ ސަރަހައްދަކީ އިސްރާއީލުން އަބަދު ވެސް އެ މީހުންގެ ބާރުގެ ދަށަށް ގެންނަން ބޭނުންވާ ސަރަހައްދެކެވެ. ނަމަވެސް، ބައިންއަގުވާމީ ގޮތުން ދެކޮޅު ހެދުމުގެ ސަބަބުން އެ މަސައްކަތް ހުއްޓިފައި އޮންނަތާ ގާތްޑަނކަށް 20 އަހަރު ވެދާނެ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
ފަލަސްތީނު އޮތޯރިޓީން ވަނީ މިއީ ގާނޫނާ ހިލާފު ފިޔަވަޅެއް ކަމަށާއި ދެ ދައުލަތުގެ ހައްލެއް ހޯދުމުގެ ފުރުސަތު އެއްކޮށް ގެއްލޭނެ ކަމެއް ކަމަށް ބުނެފައެވެ.
ވަޒަންވެރިކުރުވުމުގެ ޕްލޭން ހުށަހެޅީ އިސްރާއީލުގެ ހަރުކަށި ފިކުރުގެ މާލީ ވަޒީރު ބެޒަރެލް ސްމޮޓްރިޗެވެ.
އެ ޕްލޭންގެ ސަބަބުން ހުޅަނގު އައްސޭރި ދެ ބަޔަށް ބެހޭނެ ކަމަށާއި އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށާއި ފަލަސްތީނު ރައްޔިތުން އެއްބައިވަންތަ ކުރުވުމަށް ކުރާ މަސައްކަތައް ހުރަހަކަށް މިކަން ވާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އިސްރާއީލުން ވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީ ހަނގުރާމައިގެ ތެރޭގައި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް އަދި ޣައްޒާގައި 700،000 ޔަހޫދީން ދިރިއުޅޭ ގާތްގަނޑަކަށް 160 އާބާދީ ވަޒަންވެރިކުރުވާފައެވެ. ފަލަސްތީނުގެ ގާތްގަނޑަކަށް 3.3 މިލިއަން މީހުން އެ މީހުންނާ އެކު ދިރިއުޅެއެވެ.
ޖެހިޖެހިގެން އައި އިސްރާއީލުގެ ސަރުކާރުތަކުން ވަނީ އެ ސަރަހައްދުތަކުގައި އާބާދީތައް އިތުރުކުރަން ހުއްދަ ދީފައެވެ. ނަމަވެސް، 2022 ވަނަ އަހަރުގެ ފަހުކޮޅު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެރިކަމަށް ވަޑައިގެންނެވި ފަހުން، އޮކްޓޯބަރު ހަތެއް، 2023 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށް ފަހު، އާބާދީ އިތުރުކުރުން ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.
މިއީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ގާނޫނާ ހިލާފު ކަމެކެވެ. އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީސީ)ން ވެސް މިދިޔަ އަހަރު ވަނީ އެ ކަމަށް ތާއީދުކޮށްފައެވެ.