13:58


އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ހުސް މަގާމްތަކަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އަނެއްކާވެސް އިތުރުކޮށްފި އެވެ.


އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ހުސް މަގާމްތަކަށް ކުރިމަތިލުމުގެ މުއްދަތު އެންމެ ފުރަތަމަ އިތުރު ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.


އެމްޑީޕީން ބުނީ އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހުސްވެފައިވާ 26 މަގާމަކަށް ކަމަށެވެ.


އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމަށް އެޕާޓީން ވަނީ މިދިޔަހަފްތާގައި ފުރުސަތު ހުޅުވާލައިފައެވެ.


އެމްޑީޕީން ބުނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުނެގުން އޮންނާނީ ހަމައެކަނި އެސްއެމްއެސް އިން ވޯޓުލެވޭ ގޮތަށް ކަމަށާއި، އިންތިޚާބު ބާއްވާ ދުވަހު އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާނަމަ، އެމީހަކު ވޯޓުލާން ބޭނުންވާ ފޯން ނަންބަރު އެމްޑީޕީ އޮފީހުގައި ރަޖިސްޓްރީކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.