08 Aug 2012, 11:14
ސަލްޓަންޕާކް ތެރޭގައި ބޮން ނުވަތަ އިންޕްރޮވައިޒްޑް ޑިވައިސްއެއް ގޮއްވާލި މައްސަލައާ ގުޅިގެން ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވާ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ 2007 ސެޕްޓެމްބަރ 29 ވަނަ ދުވަހު ސަލްޓަންޕާކުގައި ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ މީހުންގެ ތެރެއިން ހައްޔަރުކުރީ ލ. ގަން ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އިބްރާޙީމް 29، ކަމަށެވެ.
ލަތީފު ހައްޔަރުކުރީ މިދިޔަ އާދީއްތަ ދުވަހު މެންދުރު ޕާކިސްތާނުން ރާއްޖެ އައި ވަގުތު ޖީއެމްއާރް އިބްރާޙީމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ އިރު ސަލްޓަންޕާކަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 10 މީހަކަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނެވެ. އޭގެ ތެރެއިން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ތިން މީހުނެވެ.