ރ. އިންނަމާދޫ ކައުންސިލް އިދާރާ ބަންދުކުރި މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުފައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާކުރަން މިދިޔަ މަހުގެ ތެރޭގައި ފޮނުވާފައި ވަނީ ރ. އިންނަމާދޫ ރިވެލި، އިބްރާހިމް ނިމާޒް 30،އާއި އެރަށު ނޫމާގެ، މުހައްމަދު ޝިބާން 32،އާއި ފިނިވާގޭ، އިބްރާހީމް ހަލީމް 47،އާއި އަންނާރުމާގޭ، އަބްދުލް ޖަމީލް އާދަމްކޮއި 33 އާއި ތިންނިރު، އިބްރާހިމް ސިމާޒް 21 އާއި އަސްމާ މަންޒިލް، އަހުމަދު އަސްލަމް 30،އާއި އީޒީނައިޓް، ހަސަން މުފީދު 34،އާއި ޑްރީމީލައިފް، އާދަމް ސައީދު 41،އާއި އާޝިޔާނާ، ހުސެއިން ރައޫފު 24،އާއި ނޫކޮކާގެ، އަހުމަދު އާރިފް 27،ގެ އިތުރުން ފްލާވާ، އަލީ ޝިފާޒް 23،ގެ މައްޗަށް ކަމަށެވެ.

ފުލުހުން ބުނީ އެމީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި އެ މީހުން އިންނަމާދޫ ކައުންސިލް އިދާރާގެ ތެރެއަށް ވަދެ ކައުންސިލް އިދާރާގެ މަސައްކަތް ހުއްޓުވައި އެ އިދާރާގެ ދޮރުތަކަށް އިސްކުރު ޖަހާހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.