08 Aug 2012, 10:13
ގެއްލިގެން ހޯދައިދިނުމަށް އިއްޔެ އާއިލާގެ ފަރާތުން ފުލުހުނަށް ހުށައެޅި 14 އަހަރުގެ އަންހެން ކުއްޖާ ފުލުހުން މިއަދު ހޯދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ސ. ހިތަދޫ ފިނިފަރު، ޝިފާ އިބްރާހީމް ގެއްލިގެން އާއިލާންއިން ހުށައެޅެޅީ އިއްޔެ ހަވީރު 5:30 އެހާކަންހާއިރު ކަމަށާއި އޭނާ ފެނިފައި ވަނީ މިއަދު ހެނދުނު ކަމަށެވެ. އަދި މިހާރު އޭނާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އެ ކުއްޖާ ފެނިފައި ވަނީ މިއަދު ހެނދުނު 6:30 އެހާކަންހާއިރު ކަލަފާނުސުކޫލް ކައިރީ ތަނެއްގެ ތެރޭގައި އޭނާ ހުރީ އޭނާގެ ރައްޓިހިންތަކަކާ އެކު" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުނެއް ނުދެ އެވެ.
ފުލުހުން ވަނީ މިދިޔަ އާދިއްތަ ދުވަހު 14 އަހަރުގެ ފިރިހެން ކުއްޖަކު ޓިއުޝަނަށް ދިޔަގޮތަށް ގެއްލިގެން އާއިލާއިން ހުށައެޅުމުން އޭނާ ހޯދުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ. އޭނާ ފެނިފައި ވަނީ އެރޭ ދަންވަރު އޭނާގެ ތިމާގެ ބައެއްކައިރި ގޭގައި ހުއްޓަ އެވެ.