07 Aug 2012, 23:35
ކުޑަކުއްޖެއްގެ ގައިގާ ތަޅައި މާރާމާރީ ހިންގި މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ރ. މާކުރަތު ގެދަމާގެ، ހުސެއިން ރަޝީދު 29، ގެ މައްޗަށް ކަމަށެވެ.
ފުލުހުން ބުނީ މިއަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކުރީ ޖޫން 17 ވަނަ ދުވަހު ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.