ޓެލެވިޒަން މޯލްޑިވްސް އިން ގެނެސްދޭ އެ ހަނދާނުގެ މި އަހަރުގެ ޝޯ ބެލުންތެރިންނާ ހަމައަށް އަންނަ ހުުކުރު ދުވަހު ގެނެސްދިނުމަށް ހަމަޖައްސަައިފި އެވެ.

ޓީވީއެމްގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) މިރޭ ވިދާޅުވީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް އެހަދާނުގެ ޝޯ ހަތަރު ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ކޮންމެ ރެއެއްގެ ޝޯއެއްގައި ވެސް ހަ ލަވަ ހުށަހަޅިދޭނެ ކަަމަށެވެ. ޝޯ ބޭއްވުން މިއަހަރު މިހާ ލަސްވެގެން ގޮސްފައި މިވަނީ ޝޯބޭއްވުމަށް ކުރި އިޢުލާނަކާ ގުޅިގެން އޭސީސީން ފާހަގަކޮށްފައިވާ ކަންތައްތަކެއް ރަނގަޅު ކުރުމަށްފަހު ޝޯ ބާއްވާތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އޭސީސީން އެނގުމާ އެއްގޮތަށް އަލުން އިޢުލާންކޮށްގެން ލަވަޔާއި މިއުޒިކާ މިކްސިން ހަދައިދޭނެ ފަރާތްތައް ހޯދުމަށްފަހު ޝޯ މިބާއްވަނީ،" އާސިފް ވިދާޅުވި އެވެ.

އެހަނދާނުގެ ޝޯއަށް ބޭނުންވާ މިއުޒިކާ ލަވަޔާއި މިކްސިން ހަދަައިދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ކޮށްފައިވާ އިޢުލާނެއް ބާތިލްކުރުމަށް އޭސީސީން އަންގާފައިވަނީ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެކަންތައްތައް ކުރިއަށް ގެންދާ ކަމަށް ބުނެ އެވެ.

ޓީވީއެމްގެ މިޝޯ ކޮންމެ އަހަރަކު ވެސް ގެނެސްދެނީ ތަފާތު ގޮތަކަށެވެ. ނަމަވެސް މިފަހަރުގެ ޝޯ ޓީވީއެމުން ގެނެސްދިނުމަށް ހަމަޖައްސާފައި ވަނީ ލައިވްކޮށް އަމިއްލަ ރާގުގެ މައްޗަށް އެކުލެވޭ އަދި ތަފާތު ހަތަރު ތީމެއް ކަނޑައަޅައިގެންނެވެ.