07 Aug 2012, 19:37
އެމްޑީޕީގެ ސީދާ ހަރަކާތް މާދަމާ އިން ފެށިގެން މި ރޯދަ މަހުގެ ނިޔަލަށް ހުއްޓާލަން އެޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ ލަފާގެ މަތިން އެމްޑީޕީގެ ރިޔާސީކެންޑިޑޭޓް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ނިންމަވައިފި އެވެ.
އެމްޑީޕީން ބުނެފައިވަނީ މަގުމަތީގައި އިހުތިޖާޖުކުރުމުގެ ގޮތުން ހިންގާ ސީދާ ހަރަކާތްތައް ހުއްޓާލަން ނިންމާފައި މިވަނީ ރޯދަމަހުގެ ފަހުދިހަ އަކީ އަޅުކަމާއިގެން މަސްއޫލުވާންވީ ދުވަސްތަކެއް ކަމަށް ވުމާއިއެކު އަޅުކަމަށް ވަގުތު ދިނުމަށާއި، އަދި އެ 10 ދުވަހުގެ ތެރޭގައި އޯލްޕާޓީ ޓޯކްސް އަލުން ފެށުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ.
"އެމްޑީޕީން މަގުމަތީގައި އިހުތިޖާޖުކުރުމުގެ ގޮތުން ހިންގާ ސީދާ ހަރަކާތްތައް ހުއްޓާލަން ނިންމާފައި މިވަނީ
ރޯދަމަހުގެ ފަހުދިހަ އަކީ އަޅުކަމާއިގެން މަސްއޫލުވާންވީ ދުވަސްތަކެއް ކަމަށް ވުމާއިއެކު، އަޅުކަމަށް ވަގުތު ދިނުމަށާއި، އަދި މި 10 ދުވަހުގެ ތެރޭގައި އޯލްޕާޓީ ޓޯކްސް އަލުން ފެށުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ." އެޕަޓީން ނެރެފައިވާ ބަޔަނުގައި ވެއެވެ.
ސަރުކާރާ ދެކޮޅަށް ސީދާ ކުއްލި ހަރަކާތުގެ ނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުގައި އާއްމުންނަށާއި ނޫސްވެރިންނަށް އަދި ސިފައިންނާއި ފުލުހުންގެ އިތުރުން ދައުލަތުގެ މުދަލަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ
އަވަސްއިންތިހާބަކަށް ގޮވާލުމަށާއި ފުލުހުންގެ އަނިޔާވެރިކަމާއި ދެކޮޅަށް އެމްޑީޕީން ހިންގާ ސީދާހަރަކާތްތައް ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ އަށްވަނަ ދުވަހު އެވެ.