މި މަހު 22 ވާ ބުދަ ދުވަހާއި 23 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ހަމަޖައްސަވައި، އެ ދެދުވަހުގެ ބަދަލުގައި، 2012 ސެޕްޓެމްބަރު 1 ވާ ހޮނިހިރު ދުވަހާއި 15 ވާ ހޮނިހިރު ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވާ ދެދުވަސް ކަމުގައި ހަމަޖައްސަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އޯގަސްޓް މަހުގެ 22 ވަނަ ދުވަހާއި 23 ވަނަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވާގޮތަށް އޮވެއްޖެ ނަމަ، ފިޠުރު ޢީދުގެ ބަންދާއި ހަފުތާގެ ބަންދާ ގުޅިގެން ލިބޭ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް އަންނާތީ، މެދުކެނޑުމެއްނައިސް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސަވައި ދެއްވުމަށް ޓަކައި ކަމަ