07 Aug 2012, 15:38
ރ. އަތޮޅު ކައުންސިލުން ހުސްވެފައިވާ އަލިފުށި ދާއިރާގެ ބައި އިލެކްޝަން އިއުލާން ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ރ. އަތޮޅު ކައުންސިލުން ހުސްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހު 22 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ އިންތިހާބަށް ކުރިމަތި ކުރިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
އަންނަ މަހުގެ 22 ވަނަ ދުވަހު މ. ރަތްމަންދޫގެ ކައުންސިލުން ހުސްވެފައިވާ ޑޮނޑީގެ ބައި އިލެކްޝަން ވެސް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފަ އެވެ.
ރ. އަތޮޅު ކައުންސިލް ގޮނޑިއެއް ހުސްވެފައި ވަނީ އެ އަތޮޅުގައި ހުންނެވި އެމްޑީޕީ ކައުންސިލް މެންބަރު، މުހައްމަދު ޔޫސުފް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިހާރު ރ. އަތޮޅު ކައުންސިލްގައި ތިއްބެވީ ޖުމްހޫރީ ޕާޓީ އެއް ކައުންސިލް މެންބަރަކާއި އަދި އެމްޑީޕީ ދެ މެންބަރުންގެ އިތުރުން ޑީއާރުޕީ ހަ ކައުންސިލް މެންބަރުންނެވެ.