07 Aug 2012, 15:06
ރެއާލް މެޑްރިޑުން ލޯނު އުސޫލުން ދޫކޮށްލަން ތައްޔާރުވެފައިވާ މިޑްފީލްޑަރު ނޫރީ ސާހިން ފެނުން ގާތީ ލިވަޕޫލުން ކަމަށް މީޑިޔާ ރިޕޯޓަތައް ބުނަން ފަށައިފި އެވެ.
އިނގިރޭސި މީޑިޔާއިން މިގޮތަށް ވާހަކަ ދައްކަން ފެށީ ސާހިން ގެންދިއުމަށް އިނގިރޭސިވިލާތުގެ ޓޮޓެންހަމާއި އާސެނަލް މަސައްކަތްކުރަމުންދަނިކޮށެވެ.
ރިޕޯޓްތައް ބުނާގޮތުން 23 އަހަރުގެ ކުޅުންތެރިޔާ ލިވަޕޫލަށް ދޫކޮށްލާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ސަބަބަކީ ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް އާއި ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮތުމެވެ. ރޮޖާސް އަކީ މޮރީނިއޯ ޗެލްސީ އަށް ކޯޗުކޮށްދިން އިރު ޗެލްސީގެ ޔޫތު ޓީމު ކޯޗެވެ. ފަހުން އޭނާ ވަނީ މޮރީނިއޯގެ އެސިސްޓެންޓަކަށް ވެސް މަސައްކަތްކޮށްފަ އެވެ. މިހެންވެ މޮރީނިއޯ ވަނީ ރޮޖާސްގެ ކޯޗުކަމުގައި ކުޅުމަށް ސާހިން އަށް ލަފާދޭން ފަށާފަ އެވެ.
ތުރުކީ އަށް އުފަން ސާހިން ރެއާލްއާ ގުޅުނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޑްމުންޑްއިން އަށް މިލިއަން ޕައުންޑަށެވެ. ނަމަވެސް އޭނާ ހުސްވި ސީޒަނުގައި ކުޅެފައިވަނީ ޖުމުލަ 10 މެޗެއްގަ އެވެ. ލީގުގައި ކުޅެފައިވަނީ ހަތަރު މެޗުގަ އެވެ.