ވެލެެންސިއާ އަތުން 3-1 އިން އިއްޔެ ބަލިވެ، ނަލަހިޔާ ވެޓަރަންސް ކަޕުން ކެޓުމުގެ ބިރާ ނިއު ރޭޑިއަންޓަށް ކުރިމަތިވެއްޖެ އެވެ.

އިއްޔެގެ މެޗުގައި ވެލެންސިއާ އަށް ގޯލު ޖަހައިދިނީ މުހައްމަދު އިބްރާހީމް (ދޮންބެ) އާއި މުހައްމަދު ޝުޖާއު އަދި ތޮއްޑޫ މުހައްމަދު ނިޒާމެވެ. ވެލެންސިއާ އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމަކީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް ހަތް ގޯލު ޖަހާފަ އެވެ.

މި މެޗުން ބަލިވުމުން ސެމީ އަށް ދިއުމަށް ނިއު އަށް ޖެހޭނީ ވިކްޓަރީ ކުރިއަށް އޮތް ދެ މެޗުން ނެރޭ ނަތީޖާއަކަށް އިންތިޒާރުކުރާށެވެ. އެ ދެ މެޗުން ވިކްޓަރީ މަދުވެގެން ހަތަރު ޕޮއިންޓް ހޯދި ނަމަވެސް ނިއު ކަޓާނެ އެވެ.
ހަތް ޓީމު ވާދަ ކުރާ މުބާރާތުގެ ސެމީ އަށްދާނީ ލީގު އުސޫލުން އެއްބުރު ކުޅެނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.