07 Aug 2012, 10:06
ދެ ރީނދޫކާޑު ހަމަވުމުން، މުހިންމު ފަސް ކުޅުންތެރިއަކު ނެތި މިރޭ އީގަލްސްއާ ދެކޮޅަށް ކުޅެން ޖެހޭއިރު ވެލެންސިއާ ނޭވާހޮޅިއަށް އެޅިއްޖެ އެވެ.
މި މެޗުން މޮޅުނުވެއްޖެނަމަ ވެލެންސިއާ އަށް ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުމަށް ރެލިގޭޝަން ކުޅެން ޖެހޭނެ އެވެ. އެ ޓީމަށް މިހާތަނަށް 12 މެޗު ކުޅެގެން ހޯދިފައިވަނީ އެންމެ ހަތް ޕޮއިންޓެވެ. މިހެންވެ އަށް ޓީމު ވާދަ ކުރާ ލީގުގައި ވެލެންސިއާ އޮތީ ޓޭބަލުގެ ފުލުގަ އެވެ.
މިރޭގެ މެޗަށް ސަަސްޕެންޑްވެފައިވާ ވެލެންސިއާގެ ހަތަރު ކުޅުންތެރިއަކީ އަހުމަދު ވިޝާމް (ޖެރާޑް) އާއި ކެޕްޓަން އަލީ އިމްރާނާއި ވައިސް ކެޕްޓަން އަބުދުއްރަޝީދު މާހިރު (އަބޫ) އާއި ގޯލްކީޕަރު އިބްރާހީމް އިފްރާހު އަރީފެވެ.
މީގެ ތެރެއިން ކީޕަރު އިފްރާހަށް ދެ ރީނދޫ ކާޑު ހަމަވީ އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާ އަތުން ބަލިވެގެން ދަނޑުން ފައިބަމުން ރެފްރީއަށް ކުޅިވަރުގެ ރޫހގާ ހިލާފަށް މުހާތަބްކުރުމުންނެވެ.
ވެލެންސިއާގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ނެތި ކުޅެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
"އަބަދުވެސް ކިރިޔާ ފުރަތަމަ އެގާރަ ހަމަވަނީ މި ޓީމުގައި. މުހިންމު އެކަކު ނޫނީ ދެ މީހަކު އަބަދުވެސް (ދަނޑު) ބޭރުގައި ތިބެން މިޖެހެނީ. ކުޅުންތެރިން ނެތި ވަރަށް އުނދަގޫ ކަމެއް މޮޅުވުމަކީ،" ނާދު ބުންޏެވެ.