ގއ.ކަނޑުހުޅުދޫ ގައި ވަޅަކަށް ވެއްޓި ދެ އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ވަޅަށް ވެއްޓުނު ކުއްޖާ މަރުވެފައިވާ ކަމަށް ގއ. ކަނޑުހުޅުދޫ ސިއްޙީ މަރުކަޒުން އެ ކުއްޖާ ބެއްލެވި ޑޮކްޓަރު ފުލުހުންނަށް ޔަގީންކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާ ތަޙްގީގު ކުރުމަށް ގއ.ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ފުލުހުންގެ ޓީމެއް ކަނޑުހުޅުދޫއަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.