31 Jul 2025, 08:58
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ރޭ ވަޑައިގެންފިއެވެ.
ރޭ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގަންނަވާ ވާހަކަ ފިޔަވައި އިތުރު ތަފުސީލެއް ރައީސް އޮފީހުގެ ފަރާތުން ނުދެއެވެ.
މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވާ ހަތަރުވަނަ ދަތުރުފުޅެވެ. އަދި، ތިންވަނަ ނުރަސްމީ ދަތުރުފުޅު ވެސް މެއެވެ.
އެންމެ ފަހުން ރައީސް . މިދިޔަ ޖޫން މަހުގެ 29އިން ފެށިގެން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްއާއި އެ ގައުމުގެ ވަޒީރުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކޮށްފައިވެއެވެ.
އެ މަނިކުފާނު ވަޑައިގަތީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅުގައެވެ. އެ ފަހަރު އެ މަނިކުފާނު ވަޑައިގަތީ ހެލްތު ޗެކަޕެއް ހެދުމަށެވެ.