މާލޭގައި ހިންގާ ގަރާޖްތަކާއި ވޯކްޝޮޕްތައް މާލޭގެ ވަކި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި އެވެ. ކުރިން މި މަސައްކަތް ފަށައިފައިވަނީ މާލޭ މުނިސިޕަލްޓީންނެވެ.

މާލޭ ސިޓީ ކައުންސިލްގެ ގެޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މާލޭގައި ހިނގަމުން އަންނަ ވޯކްޝޮޕްތަކާއި ގަރާޖުފަދަ ތަންތަން މާލޭގެ ވަކި ސަރަހައްދަކަށް ބަދަލުކުރުމަށްޓަކައި ދަފްތަރެއް އެކުލަވާލަން ބޭނުންވާތީ މާލޭގައި ހިނގަމުން ގެންދާ އެފަދަ ތަންތަނުގެ މައުލޫމާތު އެ ކަންސިލަށް ބޭނުންވާ ކަމަށެވެ. އެފަދަ ތަންތަނުގެ މައުލޫމާތު އެކައުންސިލަށް ހުށަހެޅުމަށް ވެސް ބުނެފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ އެފަދަ މަސައްކަތްކުރާ ތަންތަން ބަދަލު ކުރާނީ ތައިސޭ ކޮއްޓަށް ކަމަށާއި އޭގެ ކުރިން ދަފްތަރެއް އެކުލަވާލުމުގެ ބޭނުމަކީ އެފަދަ ތަންތަން ކެޓަގަރައިޒް ކުރާނެ ގޮތެއް ހޯދުން ކަމަށެވެ.

"ރިކޯޑްތަކުން ދައްކަނީ ފުދޭ ވަރެއްގެ މަދު އަދަދެއްގެ ގަރާޖެއް، އެކަމަކު އެފަދަ ތަންތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމަށް ހުުވާލާއިރަށް އެންމެން ވެސް ބުނާނެ އެމަަސައްކަތް ކުރަމޭ، އަޅުގަނޑުމެން މިހަދާ ސާވޭއިން އެނގޭނެ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާ އެނޫން މީހުން، ނަމަވެސް ރަޖިސްޓްރީކޮށްފައި ނެތް މީހުން ވެސް ޝަރުތު ހަމަވާނަމަ އެޕްލައިކުރުމަށް އެންގޭނެ، ސުޖާއު ވިދާޅުވި އެވެ.

މާލޭގައި ހިންގަމުން އަންނަ ގަރާޖު ފަދަ ތަންތަނުން އާންމުންނަށް އުނދަގޫވާތީ އެތަންތަން ވަކި ސަރަހައްދަަކަށް ބަދަލުކުރުމުގެ މަސައްކަތް މާލޭ މުނިސިޕަލްޓީގެ ދުވަސްވަރު ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން ތައިސޭކޮށިން އެކަމަށް އެދޭ ފަރާތްތަކަށް ބީލަން ފޮޠްތައް ވެސް ވިއްކި އެވެ. ފަހުން މަސައްކަތް ހުއްޓުނީ އެވެ.