06 Aug 2012, 14:37
ނަލަހިޔާ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށް ވިކްޓަރީ ކުޅުނު މެޗް 2-2 ލަނޑުން އެއްވަރު ވެގެން ނިމިއްޖެ އެވެ.
ޓާފް އެއްނަންބަރު ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލީޑް ނަގާފައި ވަނީ ސިފައިންގެ ކުލަބުންނެވެ. އެގޮތުން އެލަނޑު ސިފައިންގެ ކުލަބަށް ކާމިޔާބު ކޮށްދިނީ ސަލީމް ހުސައިންނެވެ. މެޗުގައި ސިފައިންގެ ކުލަބަށް ލީޑް ފުޅާކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ފިރާގެވެ.
ދެ ގޯލުގެ ލީޑަކާއެކު ސިފައިން ކުރިހޯދައިފައި ވަނިކޮށް، ވިކްޓަރީން ސިފައިން ކޮޅަށް ޖެހި އެޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ޝާޒްލީ އެވެ. އަދި ވިކްޓަރީން ސިފައިންނާ އަރާ ހަމަހަމަ ކުރި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އިސްމާއީލް އަނިލް އެވެ.
މިމުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާ ދެ ޓީމަކީ ނިއު އާއި ވެލެންސިއާ އެވެ.
ހަތް ޓީމު ވާދަ ކުރާ މި މުބާރާތުގެ ސެމީ އަށް ދާނީ ލީގު އުސޫލުން ބުރެއް ކުޅޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.