ލ. ގަން ތުނޑީ އަވަށުގައި ހުރި ޒުވާނުންގެ މަރުކަޒު ފަޅާލައި ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ވައްކަން ކުރަން މަސައްކަތް ކޮށްފައި ވަނީ ގަމުގައި މީހުން އަލަށް އާބާދުވާ ސަރަހައްދުގައި ހުރި ޒުވާނުންގެ މަރުކަޒުން ކަމަށެވެ.

ޒުވާނުންގެ މަރުކަޒުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އެ ވައްކަން ކުރަން މަސައްކަތް ކުރަނިކޮށް ދެ މީހަކު ހައްޔަރުކޮށްފައި ވަނީ އެ ވަގުތު މަގުމަތި ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ފެނިގެންނެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 35 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެކެވެ.

ހައްޔަރު ކުރި ދެމީހުންނަކީ ދިނަ އަދަދެއްގެ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށް ފުލުހުން ބުނެ އެވެ.