06 Aug 2012, 14:31
ފުލުހުން ހިމާޔަތްދިން މީހެއްގެ ގައިގައި ތަޅައިގަންނަން އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކާ ކުޑަ ދެ ކުއްޖަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ރ. ދުވާފަރަށް ގޮސްއުޅުނު އެ އަތޮޅު މާކުރަތު މީހެއްގެ ގައިގައި މިދިޔަ ބުރާސްފަތި ދުވަހު ބަޔަކު ތަޅައި މާރާމާރީ ހިންގަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެމީހާއަށް ފުލުހުން ހިމާޔަތް ދީފައިވާ ކަމަށެވެ. އަދި އޭނާއަށް ހިމާޔަތް ދީގެން ގެންދަން އުޅުމުން އެރަށުގެ ފަސް މީހަކު ވެގެން އޭނާއާ މާރާމާރީ ހިންގަން މަސައްކަތް ކުރި ކަމަށެވެ. އެ މަރާމާރީ ހިންގަން އުޅުނީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެ އެވެ.
އެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 25 އަހަރާއި 27 އަހަރާއި 28 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުނުވާ ދެ ކުޑަ ކުދިންނެވެ. 18 އަހަރުނުވާ ދެ ކުދިން ގޭ ބަންދުގައި ހުރި އިރު އަނެއް ތިން މީހުންވަނީ ފުލުހުންގެ ހައްޔަރުކޮށްފަ އެވެ.