28 Jul 2025, 21:05
ރާއްޖޭގެ 60ވަނަ މިނިވަން ދުވަހާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓުތަކުގައި ތާނައަކުރުން "ދިވެހިރާއްޖެ" ޖަހަން ނިންމައިފިއެވެ.
މޯލްޑިވިއަން އިން ބުނީ މިނިވަން ދުވަހާއި ދިމާކޮށް ގައުމީ އެއާލައިންގެ ބޯޓުތަކުގެ ބޭރުގައި ތާނަ އަކުރުން ދިވެހިރާއްޖެ ޖަހަން ނިންމައި، މިހާރު އެ އެމަސައްކަތް ފަށާފައިވާ ކަމަށެވެ.

މިނިވަންދުވަހާ ގުޅިގެން މޯލްޑިވިއަންގެ ބޯޓުތަކަށް ބަދަލެއް، ތާނައިން ލިޔެފައިވަނީ "ދިވެހިރާއްޖެ"
މޯލްޑިވިއަންގެ ލިވެރީއަށް ގެނައި ބަދަލުގައި ބޯޓުގައިތަކުގެ ބޭރުގައި ގައުމީ ދިދައާއެކު ދިވެހިރާއްޖެ ތާނަ އަކުރުން ޖަހާނެއެވެ.
ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލުން ފުރަތަމަ ޚިދުމަތް ހޯދި މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާ ބޯޓަށް މިހާރު ވަނީ މި ބަދަލު ގެނެސްފައެވެ. މި ބަދަލަކީ ދިވެހި ބަހާއި ތަރިކަ އަދި ގައުމީ ފަޚުރު ރަމްޒުކޮށްދޭ ބަދަލެއް ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަނުން ބުނީ މި ބަދަލު އެ އެއާލައިންގެ ހުރިހާ ބޯޓަކުން ވެސް ފެންނާނެ ކަމަށެވެ. އަދި މިއީ ދިވެހިންގެ އަމިއްލަވަންތަކަން ގައުމީ އެއާލައިނާ ގުޅިފައިވާ މިންވަރު ދައްކުވައިދޭ ބަދަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މިނިވަންދުވަހާ ގުޅިގެން މޯލްޑިވިއަންގެ ބޯޓުތަކަށް ބަދަލެއް، ތާނައިން ލިޔެފައިވަނީ "ދިވެހިރާއްޖެ"
މޯލްޑިވިއަންގެ ބޯޓުތަކުގެ ލިވެރީއަށް ގެނައި ބަދަލާ ގުޅޭގޮތުން އެއާލައިން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވީ ގައުމީ އެއާލައިންގެ ހައިސީއްޔަތުން "ދިވެހިރާއްޖެ" މި ބަސް އުދުހުންތަކުގައި ބޭނުންކުރަން ލިބޭ ފުރުސަތަކީ އެ އެއާލައިނަށް ލިބޭ ފަޚުރެއް ކަމަށެވެ.
މިއަހަރަކީ މޯލްޑިވިއަނަށް މުހިންމު އަހަރެއްކަން ފާހަގަކޮށް ސަލީމް ވިދާޅުވީ މޯލްޑިވިއަންގެ ބޯޓުތައް އުދުހޭއިރު ގައުމީ އެއާލައިނުން ދިވެހި ސަގާފަތާއި އަމިއްލަވަންތަކަން ހިފެހެއްޓުމަށް ދޭ ސަމާލުކަން ފެންނަ ކަމަށެވެ.
މިކަމާ ގުޅިގެން ދިވެހިބަހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު ވަނީ ޕޯސްޓެއް ކުރައްވައިފައެވެ. މި ޕޯސްޓުގައި ވަނީ މޯލްޑިވިއަންގައި ދިވެހިރާއްޖޭގެ ނަން ތާނައިން ލިޔުމަކީ ދިވެހި ވަންތަކަމުގެ ދާއިރާއިން ކުރިޔަށް އެޅުއްވި، ވަރަށް އުންމީދީ އުފާވެރި ފިޔަވަޅެއްކަމަށެވެ. މިނިސްޓަރު ވަނީ މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.
މޯލްޑިވިއަންއަކީ ރާއްޖޭގެ އެއާޕޯޓުތަކުގެ އިތުރުން ބޮޑެތި ގައުމުތަކަށް އުދުހޭ އެއާލައިނެކެވެ.