06 Aug 2012, 13:52
ރެއިން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ ކުއްޖާ ފެނިއްޖެ އެވެ.
ރޭ ޓިއުޝަނަށް ދިޔަފަހުން އާއިލާއިން ޚަބަރެއް ނުވެގެން ހޯދަމުން ދިޔައީ ގއ. ދާންދޫ ރިވެލި، ހަނޫފް މުހައްމަދެވެ.
ފުލުހުން ބުނީ ހަނޫފް ފެނިފައި ވަނީ ރޭ ދަންވަރު 2:30 ހާއިރު އޭނާގެ އާއިލާ ބައެއްގެ ގާތުގައި ހުއްޓައި ކަމަށެވެ. އަދި ފުލުހުންނަށް ހަނޫފް ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ޓިއުޝަނަށް ދިޔަފަހުން ޚަބަރެއް ނުވެގެން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލުވިދާޅުވި އެވެ.
ހަނޫފް ގެއްލިގެން ހޯދަން ފަށާފައި ވަނީ އާއިލާ މީހަކާ އެކު ޖަމާލުއްދީން ކައިރީ ހުރި ގެއަކަށް ޓިއުޝަނަށް ދިޔަފަހުންނެވެ.