އޭސީ މިލާނަށް މިވަގުތު ބޭނުންވާ މިޑްފީލްޑަރުގެ ތެރޭގައި ރެއާލް މެޑްރިޑްގެ ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ކަކާ ހިމެނޭ ކަމަށް މިލާންގެ ކެޕްޓަން މަސިމޯ އެމްބްރޮސިނީ ބުނެފި އެވެ.

މިލާންގެ ކެޕްޓަން މަސިމޯ ބުނެފައި ވަނީ، ކުރިއަށް އޮތް ސީޒަނަށް ޓީމް އިތުރަށް ވަރުގަދަ ކުރަން ބޭނުންވާ ކަމަށާއި އެގޮތުން މިވަގުތައް ޓީމަށް އެންމެ މުހިންމީ މިޑްފީލްޑަރެއް ކަމަށެވެ. އެގޮތުން ޓީމުން އެންމެ ހޯދަން ބޭނުންވާ މިޑްފީލްޑަރުންގެ ތެރޭގައި 2009 ވަނަ އަހަރު ރެކޯޑް ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑަށް ބަދަލުވި ކަކާ ހިމެނޭ ކަމަށް މަސިމޯ ބުންޏެވެ.

"ކަކާ އަކީ މިލާނަށް ވަރަށް މުހިންމު މިޑްފީލްޑަރެއް. އޭނާ މިލާނާއި އަލުން ގުޅިއްޖެ ނަމަ، އޭނާ އަށް ބޮޑު މަރުހަބާއެއް ކިޔާނެ. މީގެ ކުރިން މިލާނާ އެކު ޗެމްޕިއަންސް ލީގް ކަކާ ހޯދީ ވެސް މޮޅު ކުޅުމެއް ޓީމްގައި ދައްކައިގެން." ކެޕްޓަން މަސިމޯ ބުންޏެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މިދިޔަ ސީޒަން ނިމުމާ އެކު އޭސީ މިލާނުން ދަނީ އެކްލަބުގެ ކުރީގެ ތަރިއެއްގެ ގޮތުގައި ފާހަގަކޮށްލެވުނު ކަކާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަކާ ހޯދުމަށް މެޑްރިޑާއި ވާހަކަ ދައްކާފައިވާނެ ކަން މިލާންގެ ނައިބު ރައީސް ގަލިއާނީ ވަނީ ދާދިފަހުން ވަނީ މީޑިޔާގައި ވެސް ބުނެފަ އެވެ. ކަށަވަރުކޮށްދީފަ އެވެ.