06 Aug 2012, 13:40
ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އިތުރު ކުޅުންތެރިން ޓީމާ ގުޅޭނެ ކަމަށް މެންޗެސްޓާ ސިޓީގެ ހެޑް ކޯޗް ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
މަންޗިނީ ބުނީ، ޓީމާ އަލަށް ގުޅޭނެ ކުޅުންތެރިންނަކީ ވަރަށް ހުނަރުވެރި މޮޅެތި ކުޅުންތެރިންތަކެއް ކަމަށާއި އެކުޅުންތެރިންގެ ތެރޭގައި ޑިފެންޑަރުން ނާއި ފޯވާޑުން ހިމެނޭ ކަމަށެވެ.
ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ސިޓީއަށް އިތުރުން ކުޅުންތެރިން ގުޅޭނެ ކަމަށް އެކުލަބުގެ ކޯޗް މަންޗިނީ ބުނެފައިވާ އިރު، ބައެއް މީޑިއާ ރިޕޯޓްތަކުން ބުނަމުން އަންނަނީ އާސެނަލްގެ ކެޕްޓަން ރޮބިން ވެން ޕާސީ ގެން ދިއުމަށް ސިޓީން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ބައެއް ރިޕޯޓްތަކުގައި ބުނެފައި ވަނީ، ސިޓީން މިހާރުން މިހާރަށް ހޯދަން ފަށާފައިވާ މުހިންމު ފޯވާޑުންގެ ތެރޭގައި ވެންޕާސީ ހިމެނޭ ކަމަށެވެ.
"ވެންޕާސީ އަކީ ސިޓީއަށް ވަރަށް މުހިންމު ކުޅުންތެރިއެއް. އޭނަގެ ބޭނުން ސިޓީއަށް ވަރަށް މުހިންމުވާނެ. ކުރިއަށް އޮތް ޕްރިމިއާ ލީގަކީ ސިޓީއަށް މުހިންމު ލީގަކަށް ވީއިރު، މޮޅެތި ކުޅުންތެރިން ވެސް ސިޓީއަށް ބޭނުން،" މީޑިއާ ރިޕޯޓް ތަކުގައި ބުނެފައިވެ އެވެ.