ލަންޑަންގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސް އިވެންޓެއްގެ 100 މީޓަރު ދުވުމުގެ ޕްރިމިލިނަރީ ބުރުން ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތްލީޓުގެ ޝަރަފް އަޒްނީމް އަހްމަދު ހޯދައިފި އެވެ.

އަޒްނީމް ޕްރިމިލިނަރީ ބުރުން ކޮލިފައިވީ ހީޓްގެ ތިން ވަނަ މަޤާމް ހޯދައިގެންނެވެ. އެގޮތުން މިލިބުނު ކާމިޔާބީ އާކު އޭނާ އަށް ވަނީ ރާއްޖޭގެ ސަތޭކަ މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ލިބިފަ އެވެ. އަޒްނީމް މި ރެކޯޑް މުގުރާލީ 10.79 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ ކުރިން ރާއްޖޭގެ 100 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް އޮތީ 2010 ވަނަ އަހަރުގެ ސައުތު އޭޝިޔަން ގޭމްސްގައި 10.89 ސިކުންތުން ރޭސް ނިންމި މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ހުސެއިން ހަލީމުގެ އަތުގަ އެވެ.

މިފަހަރުގެ އޮލިމްޕިކްސް ގޭމްސްގައި 204 ގައުމަކުން 10000 ވުރެ ގިނަ އެތްލީޓުން ވާދަކުރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.