ދެ ބޭފުޅަކަށް ހައްޖު ދަތުރެއް ލިބޭ ގޮތަށް އެސްޓީއޯ "ހިޓާޗީ ރަމަޟާން ރޯދި"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓިއޯ އިން ބުނީ އެ ޕްރޮމޯޝަނުގައި އެސްޓީއޯ ހޯމް އިންޕުރޫވްމަންޓުންނާއި އެސްޓީއޯ ސުޕަމާކެޓުގެ އިތުރުން ރީޖަނަލް ފިހާރަތަކުން ހިޓާޗީ ޕްރަޑަކްޓްތައް ހެޔޮ އަގުގައި ލިބެންހުންނާނެ ކަމަށެވެ. އަދި އެ ޕްރޮމޯޝަނުން ގަންނަ ކޮންމެ ހިޓާޗީ ޕްރޮޑެއްޓެއްގެ ތެރެއިން 300ރ. ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.

އެ ޕްރޮމޯޝަން ނިމުމުން ގުރުއަތުން ނެގޭ އެއް ވަނަ ފަރާތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ ދެ ބޭފުޅަކަށް ހައްޖު ދަތުރެކެވެ. އަދި ދެ ވަނަ އިނާމަކަށް ދޭ ގޮތަށް ހަމަޖައްސާފައި ވަނީ ދެ ބޭފުޅަކަށް އުމްރާ ދަތުރެކެވެ.

އެ ޕްރޮމޯޝަން އޮންނަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.