27 Aug 2010, 19:03
14:13
ދިވެހިންނާއި ސިންގަޕޫރު މީހުން ފިޔަވައި އެހެން ހުރިހާ ގައުމެއްގެ މީހުން، ސްރީލަންކާ އަށް ދިއުމުގެ ވިސާ ނަގަންޖެހޭ ގޮތަށް ލަންކާ ސަރުކާރުން ހަމަޖައްސައިފި އެވެ.
ލަންކާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލަންކާ އެއާޕޯޓަށް ފޭބުމާއެކު 79 ގައުމެއްގެ ރައްޔިތުންނަށް މިހާތަނަށް ދީފައިވާ ވަގުތުން ވިސާ ޖަހައިދިނުމުގެ ހިދުމަތް އަންނަ މަހުގެ 30 އިން ފެށިގެން ހުއްޓާލާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ގަވައިދުން އިސްތިސްނާވާނީ ހަމައެކަނި ދިވެހިންނާއި ސިންގަޕޫރު މީހުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އަދި ބުނެފައި ވަނީ ދިވެހިންނާއި ސިންގަޕޫރު މީހުން ފިޔަވައި އެހެން ގައުމުތަކުގެ މީހުން ކުރީ ބައިގައި ލަންކާގެ އެންބަސީތަކުން ނުވަތަ ލަންކާގެ އިމިގްރޭޝަނުން ވިސާ ނަގަންޖެހޭނެ ކަމަށެވެ. އަދި ކުރިއަރަމުން އަންނަ ލަންކާގެ ޓޫރިޒަމް އިންޑަސްޓްރީއަށް ވަރަށް ބޮޑު ހީނަރު ކަމެއް މިކަމާ ގުޅިގެން އަންނާނެ ކަމަށް ގަބޫލްކުރެވޭ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.
00:05
ދިވެހިންނާއި ސިންގަޕޫރު މީހުން ފިޔަވައި އެހެން ހުރިހާ ގައުމެއްގެ މީހުން، ސްރީލަންކާ އަށް ދިއުމުގެ ވިސާ ނަގަންޖެހޭ ގޮތަށް ލަންކާ ސަރުކާރުން ހަމަޖައްސައިފި އެވެ.
ލަންކާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލަންކާ އެއާޕޯޓަށް ފޭބުމާއެކު 79 ގައުމެއްގެ ރައްޔިތުންނަށް މިހާރު ދެމުން އަންނަ ވަގުތުން ވިސާ ޖަހައިދިނުމުގެ ހިދުމަތް އަންނަ މަހުގެ 30 އިން ފެށިގެން ހުއްޓާލާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ގަވައިދުން އިސްތިސްނާވާނީ ހަމައެކަނި ދިވެހިންނާއި ސިންގަޕޫރު މީހުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.