06 Aug 2012, 10:41
އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ފުލުހުން ހޯދަމުން ދަނީ ގއ. ދާންދޫ ރިވެލި، ހަނޫފް މުޙައްމަދު 14، އެވެ،
ފުލުހުން ބުނީ ހަނޫފު (ފޮޓޯ) ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައި ވަނީ ރޭ 0730 ހާކަންހާއިރު ކަމަށެވެ.
ސަން އޮންލައިނަށް އެނގިފާވާގޮތުގައި ހަނޫފު ގެއްލިފައިވަނީ އާއިލާ މީހަކާއެކު ޖަމާލުއްދީން ސުކޫލު ކައިރި ހުންނަ ގެއަކަށް ޓިއުޝަނަށް ދިއަފަހުން ނެވެ. އޭގެ ފަހުން ގެއަށް އައިސްފައެއް ނުވެ އެވެ.