27 Aug 2010, 10:51
16:02
ރ. އަތޮޅު މީދުއްޕަރު ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓޫރިސްޓަކު އެ ރަށު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އެ ރިޒޯޓްގައި މަސައްކަތްކުރާ މުވައްޒަފަކަށް މިއަދު ހެނދުނު 10:30 ހާއިރު އެވެ.
މިހާތަނަށް ބެލިބެލުމުން އެމީހަކީ މި މަހު 14 ވަނަ ދުވަހު ޢާއިލާއާއެކު ޗުއްޓީއެއް ހޭދަކޮށްލުމަށް އެރިޒޯޓަށްގޮސްއުޅޭ އިނގިރޭސިވިލާތުގެ ޢުމުރުން 61 އަހަރުގެ ފިރިހެނެކެވެ.