10:00


ޅ. ހިންނަވަރުގައި މަހެއް ކައިގެން ތޭރަ މީހަކު ވިހަވެ، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ގޯސްވެގެން މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.


މަހެއް ކައިގެން ވިހަވެގެން މާލެ ގެނައި މީހެއްގެ އާއިލާގެ މީހަކު ބުނީ މިދިޔަ ހޮނިހިރު ދުވަހު ރޭ ރަތް މަހެއް ކެއުމުގެ ސަބަބުން ދެ ގެއަކުން 18 އަހަރުން ދަށުގެ ހަތަރު ކުދިންނާއި ނުވަ މީހަކު ވިހަވެފައިވާ ކަމަށާއި އަދި ދެ މީހެއްގެ ހާލު ގޯސްވުމުން އަވަސް ފަރުވާ ދިނުމަށްޓަކައި އިއްޔެ ހަވީރު މާލެ ގެނެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ހިންނަވަރު ހޮސްޕިޓަލްގައި އިތުރު މީހުންނަށް މިހާރު ވެސް ފަރުވާދެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.


އެ އާއިލާއަކީ އާދައިގެ މަތިން ފަރުމަސް ކައި އުޅޭ ބައެއް ކަމަށާއި ނަމަވެސް މިފަދަ މައްސަލައެއް މީގެ ކުރިން ދިމާވެފައިނުވާ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.