17 Jul 2025, 19:49
ސެމްސަންގް ގެލެކްސީ 25S އަލްޓްރާ ފޯނު ގަންނަ ކަސްޓަމަރުންނަށް ތިން މަސްދުވަހުގެ ނެޓްފްލިކްސް ސަބްސްކްރިޕްޝަން ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް ދިރާގުން ތައާރަފުކޮށްފިއެވެ.
މި ޕްރޮމޯޝަނަކީ ދިރާގު ކަސްޓަމަރުންނާ ހަމައަށް އެންމެ ފަހުގެ
ޓެކްނޮލޮޖީ އާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުޅުވައިލައިފައިވާ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަންގެ ދަށުން ފޯނު ގަންނަ ފުރަތަމަ 30 ކަސްޓަމަރުންނަށް ތިން މަހަށް ހިލޭ ބޭނުންކޮށްލެވޭ ނެޓްފްލިކްސް ސަބްސްކްރިޕްޝަން (ޔޫއެސްއޭ) ކްރެޑިޓް ވައުޗާ ލިބޭނެއެވެ. މި ވައުޗާ ފޯރުކޮށްދޭނީ މެއިލް މެދުވެރިކޮށެވެ.
ސެމްސަންގް ގެލެކްސީ 25S އަލްޓްރާ އަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ފީޗާތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑިވައިސްއެކެވެ. މި ފޯނުގައި ހަރުކޮށްފައިވާ އެޑްވާންސްޑް ސްނެޕްޑްރެގަން އަށެއް އެލީޓް ފޯ ގެލެކްސީ ޕްރޮސެސަރުގެ ސަބަބުން، އަވަސް ސްޕީޑާއި އާޓިފިޝަލް އިންޓެލިޖެންސްގެ ޚިދުމަތް ލިބޭނެއެވެ.
މީގެ އިތުރުން، 6.9 އިންޗީގެ ޑައިނަމިކް އެމޮލެޑް ޓޫ އެކްސް ޑިސްޕްލޭއިން ސާފު އަދި ކުލަގަދަ ކުއަޑް އެޗްޑީ ޕްލަސް ވިޝުއަލްސް ފޯރުކޮށްދެއެވެ. އަދި މި ޑިވައިސްގެ ކެމެރާ ސިސްޓަމުން ޕްރޮފެޝަނަލް ފޮޓޯއާއި ވީޑިއޯ ނެގޭނެއެވެ.
މި ފޯނު އޯޑަރުކުރަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިރާގު ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރެވޭނެއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން
ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދޭކަމަށެވެ.